ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ 20 އެޕްރިލްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު Below Header ad

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު)ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފާ ބާވަތްތަކަކީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 15:15އަށް އަދި ރޭގަނޑު 21:00 އިން  22:30 އަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު މާލެ ސިޓީގައި، ފިޠުރު ޒަކާތް ފައިސާއިން ބަލައިގަތުންވެސް ކުރިއަށްދާނެއެވެ.  އިސްލާމީ މަރުކަޒުގެ ހޯލުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:00 އަށް ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ.

އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކުން ހަމަޖައްސާ ގޮތެއްގެ މަތިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާއިރު އޮންލައިން ޕޯޓަލްތަކުންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.