ދިރާގު ބޮޑު ހަދިޔާއަށް ކޮންމެ ހަފްތާއެކު ‘މައިޑިއާ’ މެގަ ހޯމް ޕެކެއް!

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް ‘ބޮޑު ހަދިޔާ’ އެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް ‘މައިޑިއާ’ ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އިޝްތިހާރު Below Header ad

މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝަރ، އަވަން، މައިކްރޮވޭވް، އެއަރ ޕިއުރިފަޔަރ އަދި ވެކިއުމް ކްލީނަރ ފަދި ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ.

DHRG Bodu Hadhiyaa 1

މީގެ އިތުރުން ‘ބޯނަސް މެގަ ހަދިޔާ’ ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެމީހެއްގެ އުމުރާ ދަތުރެއްވެސް ލިބިގެންދާނެއެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.