ދިރާގުން އައިއެފްސީ އާއި އޭޑީބީގެ ދެވަނަ ފެސިލިޓީ އެގްރީމެންޓުގައި ސޮއިކޮށްފި

ދިރާގުން ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ފައިނޭންސިންގ ގެ ދެވަނަ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

30 މިލިއަން ޑޮލަރުގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެއެވެ.

އިޝްތިހާރު Navee1 jpg

މި ޕްރޮޖެކްޓްގެ ސަބަބުން ގްލޯބަލް އިންޓަރނެޓް ހުޕަރހައިވޭއާ ރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިންޓަރނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަރނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެއެވެ.

އިޝްތިހާރު

މި ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައި.އެފް.ސީ އަދި އޭ.ޑީބީ އިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ފައިނޭންސިންގއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާރއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭނެސިންގގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. 25 މިލައަން ޑޮލަރުގެ މި ފެސިލިޓީ އިން ދަނީ އެ ކުންފުނީގެ ވަރކިންގ ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެއެވެ.

މިގޮތުން ދިރާގުގެ 5ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭ ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއް ކަމަށާއި ސީ.މީވީ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަރނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ ކަމަށެވެ.

މީގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ، ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވާނެ ކަމަށް ވެއސް ވިދާޅުވިއެވެ.

“އައި.އެފް.ސީ އާއި އޭ.ޑީ.ބީއާއެކު މި ދެވަނަ ފެސިލިޓީގައި ސޮއިކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަރނަންސް (އީ.އެސް.ޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް،” އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އައި.އެފް.ސީއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ ޑިޖިޓަލް ކަނެކްޓިވިޓީއަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް އެއްޗެއް، ވަކިން ހާއްސަކޮށް ގުޅިފައި ނުވާ މީހުން ގުޅާލައި، ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ޑިޖިޓަލް ކަންކްޓިވިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އެގޮތުން އައި.އެފް.ސީއިން އެންމެ ފަހުން ދިރާގަށް މި ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވާފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭ.ޑީ.ބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވީ މޮބައިލް އަދި އިންޓަރނެޓް ކަނެކްޓިވިޓީ ލިބުމަކީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ހާއްސަކޮށް ރާއްޖެ ފަދަ އާބާދީ ބެހިފައިވާ ޖަޒީރާ ޤައުމަކަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“އޭ.ޑީ.ބީގެ މި އެހީއަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް އަޅުގަނޑުމެން ވެދިން މިފަދަ ފުރަތަމަ އެހީ. އަދި މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ ކަނެކްޓިވިޓީ އިތުރަށް ފުޅާވެ ކުޑަ އަގެއްގައި ހަލުވި ކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،” ސުޒޭން ގަބޯރީ ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީ ފުޅާކޮށް ޑިޖިޓަލް އިޤްތިޞާދުގައި ޖަޒީރާ މުޖުތަމަޢުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.