ޚަބަރު ފީތާ

ސޮކަރ ވެޓެރަންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި ޕާޓްނަރޝިޕްމެދުވެރިކޮށް ދިރާގުން ސޮކަރ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް، ’ކިޑްސް ފުޓްބޯލް ފިއެސްޓާ‘ ބާއްވައި ފުޓުބޯޅަ ކުޅުންތެރިންގެ އައު ޖީލެއް އުފެއްދުމަށެވެ.

ދިރާގުން ދަނީ ޒުވާނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ޒުވާނުންނަށް އެ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގެ މަގު ފަހިކޮށްދެމުންނެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް ކަމަށާއި އެހެންކަމުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮކަރ ވެޓެރަންސްގެ ރައީސް، އަލީ ޝަމީމް ވިދާޅުވީ އުންމީދަކީ ދިރާގާއެކު ގިނަ އައު ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދާދިނުން ކަމަށެވެ.

”ފާއިތުވި އަހަރުތަކުގައި ދިރާގުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމަށް ދިރާގުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ވެސް ފަށްފަށުން ޝުކުރު ދަންނަވަން.“ އަލީ ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

Rate this post

މިލިޔުމަށް ޚިޔާލު ފޮނުވާ "ސޮކަރ ވެޓެރަންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.