“ފްރޮމް ލާރވޭ ޓު ލައިވްލިހުޑްސް ރެސްޓޮރޭޝަން އޮފް ކޮރަލް ރީފްސް އިން ދަ މޯލްޑިވްސް” ނިންމާލައިފި

އޮސްޓްރޭލިއާގެ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯރގަނައިޒޭޝަން (ސީ.އެސް.އައި.އާރ.އޯ) އާއި ގުޅިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، “ފްރޮމް ލާރވޭ ޓު ލައިވްލިހުޑްސް ރެސްޓޮރޭޝަން އޮފް ކޮރަލް ރީފްސް އިން ދަ މޯލްޑިވްސް” ގެ ނަމުގައި ހިންގި ޓްރެއިނިންގ ވަރކްޝޮޕެއް އިއްޔެ (26 އޭޕްރިލް 2022) ވަނީ ނިންމާލާފަ އެވެ.

13 ދުވަހުގެ މުއްދަތަކަށް އދ. އޮމަދޫގައި ހިންގި މި ވަރކްޝޮޕްގައި ބައިވެރިވެފައިވަނީ 13 ފަރާތަކުންނެވެ. ބައިވެރިންގެ ތެރޭގައި އެމް.އެމް.އާރ.އައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެށީގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަރކްޝޮޕް ހިންގުނު އޮމަދޫގެ ރައްޔިތުން ހިމެނެ އެވެ. މި ވަރކްޝޮޕްގައި، މުރަކައިގެ ބިސް ބޭނުންކޮށްގެން ފަރުތައް އިޢާދަކުރުމާއިގުޅޭ ފަންނީ މައުލޫމާތުގެ އިތުރުން މިކަމާއި ގުޅޭ އަމަލީ ތަމްރީނު ބައިވެރިންނަށް ލިބިގެންދިޔަ އެވެ. ވަރކްޝޮޕްގައި މަޢުލޫމާތު ދީ، މުރަކަ އިއާދަކުރުމުގެ ތަމްރީނު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސީ.އެސް.އައި.އާރ.އޯގައި މިދާއިރާއިން އިސްކޮށް ހަރަކާތްތެރިވާ ސައިންޓިސްޓުންގެ ޓީމަކުންނެވެ.

އިޝްތިހާރު Below Header ad

މި ވަރކްޝޮޕަކީ، ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ކުރެވެމުންދާ ފަރުތައް އިއާދަކުރުމުގެ ޕްރޮގްރާމްގެ ދަށުން، ފުޅާ ދާއިރާއެއްގައި ގަލާއި މުރަކައިގެ ބާވަތްތައް އުފައްދައި، ފަރުތައް އިއާދަކުރުމަށް ބޭނުންކުރެވޭނޭ ތަފާތު ގޮތްތައް ތަޖުރިބާ ކުރުމުގެ ގޮތުން ސީ.އެސް.އައި.އާރ.އޯ އާއި ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން، ރާއްޖޭގައި މިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ސިލްސިލާ ކެޕޭސިޓީ ޑިވެލޮޕްމަންޓް ޙަރަކާތެއްގެ ތިންވަނަ ވަރކްޝޮޕެވެ.

ރާއްޖޭގައި ފަރުތައް އިއާދަކުރުމުގެ ގޮތުން ހިންގޭ ގިނަ ހަރަކާތްތަކުގައި ހިމެނެނީ، ގަލާއި މުރަކައިގެ ދިރޭ އެތިކޮޅުތައް، ފްރޭމްތަކުގައި ހަރުކޮށް، އެތަކެތި ބޮޑުކުރުމެވެ. ރާއްޖޭގެ ފަރުތައް އިއާދަކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކުރެވެމުން ދިޔަނަމަވެސް، މޫސުމީ ބަދަލުތަކާއި ގުޅިގެން ފަރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ފަރުތައް އިއާދަކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގެ އަޖުމަބަލައި، މުޅި ރާއްޖޭގައި ބޭނުންކުރެވިދާނޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުކުރުމުގެ މުހިންމުކަން ފާހަގަ ކުރަމެވެ.

މި ވަރކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނު ގަލާއި މުރަކައިގެ ބިސް ބޭނުންކޮށްގެން ފަރުތައް އިއާދަކުރުމުގެ މަސައްކަތްތަކަކީ، ގަލާއި މުރަކައިގެ ބަޔޯޑައިވަރސިޓީ ދަމަހައްޓައި، ފުޅާ ދާއިރާއެއްގައި އެކި ހިސާބުތަކުގައި ފަރުތައް އިއާދަކުރުމަށް ބޭނުންކުރެވިދާނޭ ޓެކްނޮލޮޖީއެއްގެ ގޮތުގައި، ފަރުތައް އިއާދަކުރުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ސައިންޓިސްޓުންގެ މަގުބޫލުކަން ލިބެމުން އަންނަ މަސައްކަތެކެވެ.

މި ވަރކްޝޮޕް ނިންމުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ޑައިރެކްޓަރ ޖެނެރަލް ޝާފިޔާ ނަޢީމެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ޝާފިޔާ ނައީމް ވިދާޅުވިގޮތުގައި  މިފަދަ މަސައްކަތްތައް ރާއްޖޭގައި ފުޅާކުރުމަށް ކޮންމެހެންވެސް ބޭނުންވަނީ ފަރުތައް އިއާދަކުރެވޭނެ ތަފާތު ގޮތްތައް ދެނެގަނެ، ގިނަ ބަޔަކު މިކަމަށް އަހުލުވެރި ކުރުމަށެވެ.

މި ޙަފްލާގައި ކިޔަވައި ދެއްވި ސީ.އެސް.އައި.އާރ.އޯގެ ސީނިއަރ ރިސަރޗް ސައިންޓިސްޓް ކްރިސްޓޮފަރ ޑޮރޮޕޮލަސް ވަނީ ވާހަކަ ދައްކަވާފައިއެވެ. އޭނާ ފާހަނގަކުރި ގޮތުގައި މި ވޯކްޝޮޕަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރސް އާއި އެމް.އެމް.އާރް.އައި އަދި ސީ.އެސް.އައި.އާރ.އޯ ގުޅިގެން ފަރުތައް އިއާދަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ދެނެގަނެ، މިފަދަ އަސަރުތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ ގޮތްތަކަށް ދިވެހިން އިތުރަށް ހޭލުންތެރިކުރުމަށް ބޭއްވުނު ވޯކްޝޮޕެއްކަމަށާއި އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖެއާއި ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔުންކަމަށް އޭނާގެ ވާހަކާގައި ފާހަނގަކުރިއެވެ.

މީގެއިތުރުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްވެސް ވަނީ މި ވޯކްޝޮޕްގެ ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަދައްކަވާފަ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ތަފާތު އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމަތައް ރާއްޖޭގެ ރަށްރަށުގައި ހިންގާކަމީ މިފަދަ ރަށްރަށަށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުން ލިބިގެން ދާނެއްކަމެއް ކަމަށާއި މިކަމަށްޓަކައި  ސަރުކާރަށް ނުހަނު ޝުކުރު އަދާކުރާކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަމަށްވެސް އާދިލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

މި ވަރކްޝޮޕް ކުރިއަށް ގެންދެވުނީ އޮމަދޫ ކައުންސިލްގެ އެހީތެރިކަމާއި އެކުއެވެ. އަދ މި ވޯކްޝޮޕާއި ވޯކްޝޮޕް ސީރީސް ކުރިޔަށް ގެންދެވިފައިވަނީ އޮސްޓްރޭލިޔާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރސްގެ އެހީގަ އެވެ. މި ހަފްލާގައި ބައިވެރިވި އެންމެހާ ބައިވެރިންނަށްވަނީ ބައިވެރިވިކަމުގެ ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.