ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށް: އެމް.ޑަބްލިއު.އެސް.ސީ

ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަސައްކަތާއި ހަވާލުވެގެން ކުރިއަށް ގެންދާ ފަރާތް ކަމުގައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި މިހާރު ކުރިއަށް ދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި، ނަރުދަމާ ޤާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ދަރަވަންދޫއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި މި މަޝްރޫޢުގެ ދަށުން އެރަށުގައި 9.54 ކިލޯމީޓަރު ދިގު ނަރުދަމާގެ ނެޓްވޯކެއް ޤާއިމް ކުރުމާއި، 780 މީޓަރުގެ ޕަމްޕިންގ ލައިން އެޅުމާއި 3 ޕަމްޕިންގ ސްޓޭޝަނާއި 1 ސީ އައުޓްފްލޯ ޤާއިމް ކުރުން ހިމެނޭ ކަމަށް ވެސް އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ ބުނެފައެވެ. އަދި ޖަންކްޝަން ބެހެއްޓުމާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ، އަދި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

mwsc 5

މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްތައް ފޯރުކޮށްދިނުމަށް ވެސް މި މަޝްރޫޢުގެ ދަށުން ހިމެނިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ނަރުދަމާ ނިޒާމްގެ މިމަޝްރޫޢަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ  40.29 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.