އިޒްރާއީލުން މިއަދުވެސް މަސްޖިދް އަލްއަޤްސާއަށް ވަދެ ޙަމަލާ ދީފި

ފަލަސްތީން (22 އެޕްރިލް 2022) – އިޒްރާއީލުގެ ހައްދުފަހަނައެޅި ސިފައިން ހަތިޔާރާއެކު މިއަދުވެސް މަސްޖިދް އަލްއަޤްސާއަށް ވަދެ، އެތައް ބަޔަކަށް ޙަމަލީދީ ޒަޚަމް ކޮށްލައިފިއެވެ. ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިއަދުގެ ޙަމަލާތަކުގައި ފަލަސްތީނުގެ 40 މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ. އޭގެތެރޭގައި 3 ނޫސްވެރިންވެސް ހިމެނެއެވެ.

މިއަދު ހެނދުނު އަޤްސާއަށް ރަޔަޓް ގިއަރުގައި ސިފައިން ވަނުމުން ފަލަސްތީނުގެ މުސްލިމުން ވަނީ އެމީހުންނާ ދިމާލަށް ގައު އުކައި ޙަމަލާ ދީފައެވެ. އަދި އިޒްރާއީލް ސިފައިން ފަލަސްތީން މުސްލިމުންނަށް ރަބަރު އުންޑައާއި ސްޓަން ގްރެނޭޑް ބޭނުން ކޮށްގެން ޙަމަލާ ދީފައިވާ ކަމަށް ވެސް އެސަރަޙައްދުގައި އެވަގުތު ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

މީގެއިތުރުން މިސްކިތު ސަރަހައްދުގައި ހުރި ގަހެއްގައި އިޒްރާއީލް ސިފައިން ރޯކޮށްލުމުން އަލިފާނުގެ ކުޑަ ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް މުސްލިމުންނެއް މަސްޖިދް އަލްއަޤްސާއަށް އެއްވާނެ ކަމަށް ބެލެވިފައިވާއިރު، އިޒްރާއީލުން ގަދަކަމުން ހިފާފައިވާ ވެސްޓްބޭންކުގައި އެމީހުން މިހާރު ކުރިއަށް ގެންދާ ރެއިޑްތަކާއި އަދި އަޤްސާ މިސްކިތައް ދެމުންދާ ޙަމަލާ ތަކުގެ ސަބަބުން އެސަރަޙައްދުގައި މަސްރަޙު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

palestinq

މަސްޖިދް އަލް އަޤްސާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާއިރު އެމިސްކިތަކީ ޔަހޫދީންނާއި ނަސާރާއިންގެ ޤަބޫލުކުރުމުގައި އެމީހުންނަށް ވެސް މުޤައްދަސް ތަނެކެވެ. އަދި މިއަހަރުގެ ރަމަޟާން މަސް ދިމާވެފައި ވަނީ ނަސާރާއިންގެ މުހިއްމު ދުވަސްތަކެއް ކަމުގައިވާ ޕާސްއޯވާރ އާއި ޔަހޫދީންގެ ވެސް މުހިއްމު ދުވަސްތަކަކާ ކަމަށް ވުމުން، ގިނަ ޢަދަދެއްގެ ނަސާރާއިންނާއި އަދި ޔަހޫދީންވެސް އެމީހުންގެ ދީނީ އަޅުކަންތަކަށް އަޤްސާއަށް ދަނީ އަންނަމުންނެވެ. ނަސާރާއިން އެމިސްކިތައް ދަނީ އިޒްރާއީލް ސިފައިންގެ ފުރިހަމަ ބާރާއި ހިމާޔަތް ވެސް ލިބިގެން، މުސްލިމުންނަށް ނުވަދެވޭނެހެން މިސްކިތް ބަންދު ކުރުމަށް ފަހުއެވެ.

އަޤްސާ މިސްކިތް ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވުމުން ރަމަޟާން މަހުގެ ފަހު 10 ނިމެންދެން ނަސާރާއިން އަޤްސާ މިސްކިތައް އެމީހުންގެ ދީނީ އަޅުކަންތަކައް އައުން ވަގުތީގޮތުން ހުއްޓުވާފައިވި ނަމަވެސް، އިޒްރާއީލް ސިފައިން ދަނީ އެމިސްކިތުގައި އަޅުކަންކުރުމަށް އެއްވާ މުސްލިމުންނަށް ޙަމަލާދީ އެމީހުން އެތަނުން ބޭރު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.