އަލްއަޤްސާ މިސްކިތުގެ ގޭޓެއް ކައިރީގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިރުމަތީ ޤުދުސް/ ފަލަސްތީން – އިސްރާއީލުން ގަދަކަމުން ވެރިވެގަނެފައިވާ އިރުމަތީ ޤުދުސްގައި ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ. އިޒްރާއީލު ސިފައިން ތުހުމަތު ކޮށްފައިވާ ގޮތުގައި، ފަލަސްތީނު ޒުވާނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ، އިޒްރާއީލްގެ 2 އޮފިސަރެއްގެ ގަޔަށް ޒުވާނާ ވަޅި ޖެހުމުންނެވެ.

ފަލަސްތީނުގެ ރަސްމީ ނޫހެއް ކަމުގައިވާ ވަފާ ނޫސް އޭޖެންސީއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޝަހީދު ކޮށްލާފައި ވަނީ އުމުރުން 19 އަހަރުގެ ކަރީމް ޖަމާލް އަލްޤަވަސްމީއެވެ. އަދި އޭނާއަށް އިޒްރާއީލް ސިފައިން ހަމަލާ ދީފައިވަނީ މަސްޖިދް އަލް އަޤްސާގެ ކޮމްޕައުންޑަށް ވަންނަ ދޮރުކޮޅުގެ ތެރެއިން އެއް ދޮރުކޮޅު ކަމުގައިވާ ބާބު ހުއްތޯ ކައިރިންނެވެ.

އިޝްތިހާރު Below Header ad

އިޒްރާއީލް ފުލުހުން ބުނެފައި ވަނީ، އެމީހުންގެ 2 އޮފިސަރަކަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ކުދި އަނިޔާ ވެފައިވާ ކަމަށެވެ. މި ހަމަލާއަށް ފަހު އިޒްރާއީލް ސިފައިން ވަނީ މަސްޖިދް އަލް އަޤްސާއަށް ވަންނަ ހުރިހާ ދޮރުކޮޅުތަކެއް ބަންދު ކޮށްފައެވެ. އެހެންނަމަވެސް މާ ގިނައިރުތަކެއް ނުވެ އަލުން ދޮރުތައް ވަނީ ހުޅުވައި، މިސްކިތައް ވަދެވޭނެ މަގު ހުޅުވާފައެވެ.

ޙަމަލާއަށް ފަހު އާންމު ވެފައިވާ ވީޑިއޯއެއްގައި ކަރީމްގެ ގަޔަށް ބަޑި ޖެހުމުން މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ. އަދި އެވަގުތު އިޒްރާއީލުގެ އޮފިސަރަކު އޭނާގެ ގަޔަށް ފައިން އަރާ މަންޒަރުވެސް ފެނެއެވެ.

ވަފާ ނޫހުން ހާމަ ކޮށްފައިވާ ގޮތުގައި މިއަދު ޝަހީދު ކޮށްލި ޒުވާނާއަކީ އިރުމަތީ ޤުދުސްގެ އަވަށެއް ކަމުގައިވާ އައްތޫރުއަށް ނިސްބަތްވާ ޒުވާނެކެވެ. އެހެންކަމުން ހަމަލާއަށް ފަހު އިޒްރާއީލު ސިފައިން ވަނީ އެ އަވަށަށް އަރައި، ކަރީމްގެ ބޭބެއާއި މަންމަ ވެސް ހައްޔަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޔަހޫދީން ފަލަސްތީނުގެ މުސްލިމުން މަރާކިތަންމެ ބޮޑު ޖަރީމާ އެއްހިންގިއަސް އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް އަޑުތައް އުފުލަން ކެރޭ ބަޔަކު މިގައުމުގައި ނެތީ ކީއްވެ ގެންތޯ މީކުރެވޭސުވާލެއް

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.