ޚަބަރު ފީތާ

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު 24 ވަނަ ފަހަރަށް އިތުރުކޮށްފި

ކޮވިޑް-19 ގެ ހާލަތާއިގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު 24 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ސޮއެ ކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ވަނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަަމަށެވެ.

އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ އަންނަ މާރޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޤަރާރުގައި ވެއެވެ.

މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: