ބައެއް ޤައުމުތަކުން ރަޝިޔާގެ ބޯޓުތައް އެޤައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކުރަނީ

ޖަރުމަނާއި ފިންލެންޑް ހިމެނޭހެން ޔޫރަޕުގެ ބައެއް ޤައުމުތަކުން ރަޝިޔާގެ ބޯޓުތައް އެޤައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކުރުމަށް ނިންމާފައިވާ ކަމަށް އެޤައުމުތަކުން ހާމަ ކޮށްފިއެވެ.

ރަޝިޔާއިން ޔޫކްރޭން ހިފުމަށް އެޤައުމާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން އަދި ރަޝިޔާއަށް ދަތި ކުރުމުގެ ގޮތުން މިހާރުވެސް ބައެއް ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަހައްދު ރަޝިޔާއަށް ބަންދު ކޮށްފައެވެ. އޭގެތެރޭގައި އިންގިރޭސި ވިލާތާއި ޕޮލެންޑް، ބަލްގޭރިއާ، ޗެކް ރިޕަކްލިކް އަދި ރޯމޭނިޔާއާއި ލަތުވިއާ އަދި އެސްޓޯނިއާ ވެސް ހިމެނެއެވެ.

އިޝްތިހާރު Below Header ad

ވައިގެ ސަރަހައްދު ރަޝިޔާއަށް ބަންދު ކުރާކަން ޖަރުމަނާއި ފިންލެންޑުން ހާމަ ކުރުމުން ސްވިޑަންއާއި ޑެންމާކުން ވެސް ވަނީ ރަޝިޔާގެ އެއްވެސް ބޯޓަކަށް އެޤައުމުތަކުގެ މަތިން ދަތުރު ނުކުރެވޭނެ ކަމަށް އަންގާފައެވެ.

ukrane

ޖަރުމަނުން އަންގާފައި ވަނީ އާދީއްތަ ދުވަހު ޖީ.އެމް.ޓީ ގަޑިން 14:00 ގެ ފަހުން ރަޝިޔާގެ ބޯޓުތައް އެޤައުމު މަތިން ދަތުރު ކުރުން މަނާ ވާނެ ކަމަށެވެ. އަދި މި އަމުރަކީ 3 މަސްދުވަހުގެ މުއްދަތަކަށް ނެރުނު އަމުރެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް އެހީގެ ތަކެތި ހިފައިގެންދާ ބޯޓުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރަޝިޔާއިން ޔުކެރޭނަށް ހަމަލާ ދޭން ފެށުމުން ރަޝިޔާއާއި ދެކޮޅަށް ބައެއް ޤައުމުތަކުން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. މީގެ އިތުރުން ޔުކްރޭންގެ އެދުމަކަށް ގްރީސްއިން އެޤައުމަށް ބައެއް ތަކެތި ފޮނުވުމަށް ވެސް ވަނީ ނިންމާފައެވެ. ފޮނުވުމަށް ނިންމާފައި ވަނީ ހަމަލާތަކުން ދިފާއު ވުމަށް ބޭނުންވާ ސާމާނެވެ.

ގްރީސްގެ ޚާރިޖީ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި ސީ-13 ގެ 2 މަތިންދާ ބޯޓުގައި މިތަކެތި އެންމެ ފުރަތަމަ ގެންދާނީ ޕޮލަންޑަށެވެ. އެއަށް ފަހު އެތަނުން ޔޫކްރޭނަށް ތަކެތި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.