ޚަބަރު ފީތާ

ޑޯޓްމަންޑް ދެވަނަ ބުރަށްދިޔައިރު ރެއާލް ކުޅުނު މެޗުން އެއްވަރުވެ އިތުރު އިންތިޒާރަކަށް.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކުރިއިރު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ލެހިޔާއަތުން އެއްވަރުވެގެން ނިމިއްޖެއެވެ.

ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. މެޗުން ފެނިގެންދިޔަ ހަމައެކަނި މި ލަނޑު ޑޯޓްމުންޑަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ރާމޯސްއެވެ.

މި ގޯލަށްފަހު ވެސް، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޑޯޓްމަންޑަށް މި މެޗުގައި ލިބިގެން ގޮސްފައިވެއެވެ.

ގްރޫޕް ސްޓޭޖުގެ ފަސްވަނަ މެޗުގައި ޑޯޓްމަންޑް ދެން ބައްދަލުކުރާނީ ލެގިއާ ވާސޯއާއެވެ.

ރެއާލް ރޭ އެޓީމު ކުޅުނު މެޗުން އެއްވަރުވީ ލެގިއާ ވާސޯ އާއި ބައްދަލުކޮށް 3-3 ގެ ނަތީޖާއަކުންނެވެ.

cwsayizxyaey_rp

އަދި މިހާތަނަށް މޮޅެއް ހޯދިފައިނުވާ ލެގިއާއަތުން ރެއާލް މެޑްރިޑް ޑްރޯއަކުން ފުއްދާލަން ޖެހުނުއިރު ރެއާލްއަށް ވަނީ އިތުރު އިންތިޒާރެއްކުރަން ޖެހިފައެވެ.

ލެގިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަކުޅުމެކެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރޮނާލްޑޯގެ އެހީތެރިކަމާއެކު ގެރެތް ބޭލް ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ރެއާލްއަށް ނަގާފައިވާއިރު މެޗުގެ 35 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 40 ވަނަ މިނެޓްގައި އޮފޯއޭ ވަނީ ލެގިއާއަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަދި މެޗުގެ 58 ވަނަ މިނެޓްގައި މިރޮސްލާވް ރަޑޮވިޗް ވަނީ ލެގިއާގެ ދެވަނ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ލެގިއާއިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުން މެޗުގެ 83 ވަނަ މިނެޓްގައި މޫލިން ވަނީ ލެގިއާގެ ތިންވަނަ ލަނޑު ޖަހައިދީ މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ.

ނަމަވެސް އޭގެ ދެ މިނެޓްފަހުން މަޓެއޯ ކޮވަސިޗް ވަނީ ލަނޑެއް ޖަހާ ރެއާލް ސަލާމަތް ކޮށްދީފައެވެ.

ރޭގެ މި ނަތީޖާތަކާއެކީ ގްރޫޕް އެފްގެ އެއްވަނައިގައި 10 ޕޮއިންޓާއެކީ އޮތީ ޑޯޓްމަންޑެވެ. 8 ޕޮއިންޓާއެކީ ގްރޫޕްގެ ދެވަނައިގައި ރެއާލް އޮތްއިރު ތިން ޕޮއިންޓާއެކީ ގްރޫޕްގެ ތިންވަނައިގައި އޮތީ ސްޕޯޓިން ލިސްބަންއެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކީ އޮތީ ލެގިއާ ވާސޯއެވެ.

މި މުބާރާތުގައި ރެއާލް ނިކުންނަނީ ސްޕޯޓިން ލިސްބަން އާއި ދެކޮޅަށެވެ.

Rate this post