
ށ. ފޭދޫ ބަނދަރު މަސައްކަތުގެ %98 ނިމިއްޖެ
ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށް އެމަސައްކަތް ކުރާ ކުންފުނި އެމްޓީސީސީ އިން ހާމަ ކޮށްފި އެވެ.
އެ ކުންފުނިން ހާމަ ކުރާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭނެ އެވެ.
މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫޢެ ކެވެ.