
އިސްލާމިކް މިނިސްޓްރީން އިސްލާމް މުދައްރިސުންނަށް ވޯކްޝޮޕެއް ބާއްވައިފި
އިސްލާމްދީނާމެދު ހޭލުންތެރިކުރުވައި، އިސްލާމް ދީނާމެދު އުފެދިފައިވާ ކުށްހީތައް ފިލުވާލައި، ތަހްޒީބީ އަޚްލާޤީ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ”ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް“ މި ނަމުގައި ވޯކްޝޮޕެއް ބާއްވައިފި އެވެ.
އިސްލާމީ މަރުކަޒު ހޯލުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ އިސްލާމް މުދައްރިސުންނަށެވެ.
74 ސުކޫލަކުން ޖުމްލަ 143 އިސްލާމް މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެ އެވެ. ހެނދުނު 08:30 އިން ހަވީރު 18:00 އަށް ގެންދިޔަ މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ޝަރީޢަތުގެ މަޤާސިދުތައް، އިސްލާމީ ދިރިއުޅުމުގެ މަންހަޖު، މެދުމިން އިސްލާމްދީނާމެދު އުފެދިފައިވާ ކުށްހީތައް، ދަރިން ތަރުބިއްޔަތު ކުރުން އަދި ކުދިން ދެނެގަތުމާއި އިރުޝާދު ދިނުން މި މަޢުޟޫތަކަށެވެ.
މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ހުސައިން ޢަބްދުﷲ ސަޢީދު އަދި ޑރ.ސަޢުދުﷲ ޢަލީ އެވެ.