ތުއްތު ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން، އިހުމާލުވި ކަމުގެ ބޮޑެތި ތުހުމަތު ތަކެއް

ގދ. ތިނަދޫއިން މިއަދު މަރުވި ތުއްތު ކުއްޖާ މަރުވީ ކޮވިޑްގެ ސަބަބުން ނޫންކަމަށް ކަނޑައަޅައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ކޮވިޑަށް ޕޮސިޓިވް ވެފައިވަނީ މީގެ ގާތްގަނޑަކަށް 16 ދުވަސް ކުރިންނެވެ. އެހެންކަމުން އެމަރަކީ ކޮވިޑް މަރެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު Below Header ad

ހަމައެއާއެކު ކުއްޖާގެ މަރާއި ގުޅިގެން ހޮސްޕިޓަލުން އިހުމާލުވި ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފައެވެ. ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާއަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މީގެ ދެތިން ދުވަސް ކުރިން ކުއްޖާ ވަރަށް ބޮޑަށް ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގުޅާފައި އެކަން އެންގި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެންގީ ލޮނުޕެކެޓު ދިނުމަށް ކަމަށެވެ.

ކުއްޖާގެ ހާލު ދެރަވާން ފެށީ ރޭގެ ވަގުތެއްގައި ކަމަށާއި، ހާލު ދެރަވާން ފެށުމުން ވަގުތުން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް އައިސްފައި ވަނީ ގާތްގަނޑަކަށް 2 ގަޑިއިރު ފަހުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވެފައިވި ނަމަވެސް އައި.ވީ ވެސް ނުގުޅާ ކަމަށާއި، އޮކްސިޖަން ދޭން ފެށީ ކުއްޖާގެ ހަރަކާތް ނެތެން ފެށުމުން ކަމަށް ވެސް އާއިލާގެ ފަރާތުން “ދެން” އަށް ކިޔައިދީފައިވެއެވެ.

ކުއްޖާގެ މަރުގައި ހޮސްޕިޓަލްގެ އިހުމާލު އޮތްކަމުގެ ތުހުމަތުތަކާ އެކު މިމައްސަލަ ބަލައި ނިމެންދެން ކުއްޖާއަށް ފަރުވާދިން ޑޮކްޓަރު ގޭގައި މަޑުކުރުމަށް އަންގައި، ސަސްޕެންޑް ކޮށްފައިވާ ކަމަށް ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކުއްޖާ މަރުވެފައި ވަނީ މިއަދު ފަތިހު ފަހެއް ޖަހާކަންހާއިރު ތިނަދޫ ކޮވިޑް ފެސިލިޓީގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.