
ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަނީ
ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފައި ވަނީ، މާލެއިން ފުރައިގެން ބ. އަތޮޅަށް ދިއުމަށް ދަތުރު ކުރި ދޯންޏަކުން ކާށިދޫއާއި 6 ނޯޓިކަލްމޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވާ ގޮތުގައި މޫދަށް ވެއްޓިފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހާ މޫދަށް ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު 11:00 ގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެމީހާ ދަތުރުކުރީ މުދާ އުފުލާ ދޯންޏެއްގައެވެ.
ހާދިސާ ދިމާވިއިރު އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޓްރެކްސޫޓެއް ކަމަށް ވެސް އެމް.އެން.ޑީ.އެފްއިން ބުނެފައިވެއެވެ.