
ލޯންޗެއް އަޑިއަށް ގޮސް ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
ސަން ޝިޔާމް އޮޅުވެލި ރިސޯޓް ކައިރިން ލޯންޗެއް އަޑިއަށް ގޮސް، އޭގެން ދަތުރު ކުރި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން މީޑިއާތަކަށް ހާމަ ކޮށްފައިވާ ގޮތުގައި، އަޑިއަށް ދިޔައިރު ލޯންޗުން 02 ކުޑަކުދިންނާއެކު 12 މީހުން ދަތުރުކުރިއެވެ. އަދި އޭގެތެރެއިން 1 ކުޑަކުއްޖަކު ނުފެންނަ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.
އެމް.އެން.ޑީ.އެފް އިން ބުނެފައި ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ޔަގީންކޮށް ބުނެދޭން ނޭނގޭ ކަމަށާއި، މިވަގުތު މީހުން ސަލާމަތް ކުރުމަށް ކޯސްޓްގާޑުން އެސަރަހައްދަށް ދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި، ކުޑަ ކުއްޖާ ގެއްލުނީ ލޯންޗު ދިޔަވާން ފެށުމުން ސަލާމަތް ވުމަށް މޫދަށް ފުންމާލުމުން ކަމަށެވެ.
މޫސުން ގޯސްވުމާއެކު ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ތަކުރާރުކޮށް އެމް.އެން.ޑީ.އެފް އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ތަފްސީލް އަންނަނީ……