ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހެދުމަށްޓަކައި ހޮނިހިރު ދުވަހު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް: ސްޓެލްކޯ

ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާތީ ހޮނިހިރު ދުވަހު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ކުންފުނީގެ ސިސްޓެމްތަކުގެ ޓެސްޓުތަކެއް 16 އޮކްޓޯބަރވާ ހޮނިހިރު ދުވަހު ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި، އެހެންކަމުން މިޓެސްޓުތައް ކުރިއަށް ދާއިރު އެދުވަހު ހެނދުނު 7:00 އާއި 8:00 އާއި ދެމެދު މާލެއާއި ހުޅުމާލެ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިޓެސްޓުތަކަކީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތުގައި ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، ކަރަންޓު ކެނޑުމުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަކަށް އެކުންފުނިން ވަނީ މަޢާފަށް ވެސް އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.