
ހެޔޮ ބަހަކީ ޞަދަޤާތެއް -ހުކުރު ޚުޠުބާ-
މިއަދުގެ ހުކުރު ޚުޠުބާގައި ހެޔޮބަސް ބުނުމާއި ޞާލިޙުޢަމަލު ކުރުމުގެމައްޗަވަނީ ނަޞީޙަތްދީފައެވެ.
ހެޔޮބަަހަކީ ޞަދަޤަތެއްކަމާއި އެއީ މުޖްތަމަޢަށް އޭގެ ހެޔޮ އަސަރު ކުރާލެއް ބޮޑުކަމުންކަންވެސް ފާހަގަ ކޮށްފައިވެއެވެ.
މާތްﷲގެ ވަޙީކުރައްވާފައުވެ އެވެ.
وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ
މާނައީ؛ “ ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެން ނުވެތެވެ. އެނނެމް ހެޔޮ. ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އެނާއާ ދެމެދުގައި ޢަދާވާތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.،“
ގެޔޮބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފފައިދާހުރި މެވާއެކެވެ. އެއީ ހިނިތުންވުން ގެނެސްދޭ ކަމެެކެެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްޞިއްޔަތު އަންގައިދޭ ކަމެެކެވެ. އެއީ އޭނާގެ ފފޭރާމެެވެެ. އެއީ މީށްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި އެވެ. އެއީ މާތް ﷲގެ ޙަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރެވެ. ހެޮބަހެއް މެނުވީ މާތް ﷲގެ ޙަޟްރަތަށް ނުފޯރާނެއެވެ.
ހެޔޮބަހެއް ބުނުމަީ ބޮޑުހޭދަައެއް ކުރަންޖެހޭ ކަމެއް ނޫނެވެ. އޭގައި ހިމެނެނީ އެ ބަސް ބުނާ މީހާ އަށާއި އަޑު އަހާ މީހާއަށް މަންފާ އާއި ލާބައެވެ. އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭނެއެވެ. ހެޔޮަހަކީ މާތްﷲ ހަނދުމަ ކުރުމާއި ތަހްލީލާއި ތަޙްމީދާއި ތަސްބީޙަ ކުޔުމެވެ. އެއީ ފައިދާ ކުރަނިވި ޢިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް ޢަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. އެއީ މީސްތަކުންނަށް ނަސޭހަޔް ދިނުމާއި ސީދާ މަަގަށް މަގު ދެއްކުމެވެ. ހެޔޮ ބަހަކީ މޫ ވަރުގަދަ އަބަދދުވެސް މަތިވަރު ރަނގަޅު، އޭގައި ހުސްވުމެއްނެތި އަބަދުވެސް މެވާއަޅާ ފުރިފައިވާ،ހިޔާ ބޮޑު މަންޒަރު ރީތި ވުމުގެ އިތުރުން ވަސްމީރު ގަހެކެވެ.
މިފަދަ ގަސް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުންވެ އެވެ. މި ރަނގަޅު ބިމަކީ މާތް ﷲ އަށް އަޅުކަންކުރާ ޞާލިޙު މުއުމިނާގެ ނަފްސެވެ.
ނިންމާލަމުން ަހު ޚުޠުބާގައި ވަނީ މުސްލިމެއްގެ ޙާޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާވާހަކަ އެވެ. އަދި އޭނާގެ މުޅި ޙަޔާތް ބިނާ ކުރަންޖެހޭނީ ހެޔޮ ކަންތަައް ކުރުމާއި، ހެޔޮ ބަސްތައް ބުނުމުގެ މަތީގައެވެ.
ހެޔޮބަހުގެ ސަބަބުން ސަފުތައް ސީދާވެ، މީސްތަކުން އެއްގަލަކަށްއަރާފައިވެ އެވެ.ހިތްތައް އެކުވެރިވެފައިވެ އެވެ.ދުރުމީހުން ގާތްމީހނަށް ހަތުރުން މިތުރުންނަށް ބަދަލުވެދެއެވެ.
އެއްދުވަހަކު ރަސޫލާގެ އަރިހަށް އައިސް އޭނާއަށް ސުވަރުގެ ވަދެވޭކަމެއް ވިދާޅުވެ ދެއްވުމަށް ދެންނެވި އެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”عَلَيْكَ بِحُسْنِ الْكَلَامِ ، وَبَذْلِ السَّلَامِ “ މާނައީ: ތިބާގެ މައްޗަށް އޮތީ ބަސްމަގު ރިވެތި ކުރުމާއި ސަލާމް ކުރުން ގިނަކުރުމެވެ.