
ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސައިޑް ވޯކް ހެދުމުގެ %25 މަސައްކަތް ނިމިއްޖެ
ބ.ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ސައިޑް ވޯކް ހެދުމުގެ %25 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމަސައްކަތް ކުރާ ކުންފުނި އާރް ޑީ ސީ އިން ހާމަ ކޮށްފިއެވެ.
މީގެ އިތުރުން ވަށާ ގަޓަރު ވަޅުލުމުގެ %50 މަސައްކަތްވެސް ނިމފައިވާ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.
އާރް ޑީސީން އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް މަޝަރޫޢުއެއް ހިނގަމުންނެވެ.