
ޢުމްރާގެ އަޅުކަން އަދާކުރުމަށް މަހަކު 3 މިލިޔަން މީހުނަށް އިތުރުކޮށްފި
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާ އިން ޢުމްރާގެ އަޅުކަން އަދާކުރުމަށް މަހަކު 3 މިލިޔަން މީހުނަށް އިތުރުކޮށް، ކޮންމެ ދުވަހަކު ޢުމްރާގެ އަޅުކަން އަދާކުރުމަށް 100،00 މީހުނަށް އިތުރުކޮށްފި ކަމުގައި އިޢުލާން ކޮށްފި އެވެ.
މިހާރުގެ ޙާލަތު ހުރިގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިން ދޫކުރާ ވަރަށް ކޯޓާއާ ދޫކުރުމަށް މިހާރުވަނީ ތައްޔަރުވެފައެވެ.
އެ މިނިސްޓްރީން ހާމަ ކުރާގޮތުގައި ޙަރަމްފުޅުން އަޅުކަމުގެ ތެރޭން އަލަށް އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.