
ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓްއަށް ގެންގޮސްފި
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މިހާރު ސައިޓްއަށް ގެންގޮސްފައިވާ ކަމަށް އެމަސައްކަތްކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަކޮށްފި އެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގގެ ސްޓްރަކްޗަރަލް މަސައްކަތްކަމށާއި މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެ އެވެ.
މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.