ޚަބަރު ފީތާ

ނެއްލައިދޫ ބަނދަރު މަޝްރޫޢު މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ އެ މަސައްކައް ކުރާ ކުންފުނި އެމް ޓީސީސީ އިން ހާމަކޮށްފި އެވެ.

އެ ކުންފުނިން ހާމަ ކުރރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޓީ ސީސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމް ޓި ސީ ސީ އިން ދަނީ ރާއްޖޭއް އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތަކެއް ހިނަގަމުންނެވެ.

Like
Like Love Haha Wow Sad Angry