ޚަބަރު ފީތާ

ރ.މީދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތަތްކެއް ކުރުމަށް ޔޫތު މިނިސްޓްރީން އާރުޑީސީއާއި އެކު ސޮއިކޮށްފި

ރ.މީދޫ ފުޓުބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތުގައި ޔޫތު މިނިސްޓްރީއާއި އެކު އާރުޑީސީއިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މީދޫ ފުޓު ބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ އަމަލީ މަސައްކަތުގެ އަގަކީ 1މިލިއަން ރުފިޔާއެވެ.
އަދި މަސައްކަތް ފަށަތާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރ.މީދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އާރުޑީސީއާއިއެވެ.