
ޕާސްތާ ބްރޭންޑުގެ އަންކާރާއަށް ޚާއްޞަ ޑިނަރ ނައިޓެއް ބާއްވަނީ..
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ އެސްޓީއޯ ސުޕަރމާޓުން ބާޒާރަށް ނެރެ، ވިއްކަމުންދާ ޕާސްތާ ބްރޭންޑުގެ ”އަންކާރާ“ އަށް ޚާއްޞަކޮށްގެން ޑިނަރނައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.
އަންނަ ހުކުރު (04 ނޮވެމްބަރ 2016) ދުވަހުގެރޭ ހެންވޭރު ހެދިގޮނޑުދޮށުގައި ބާއްވާ މި ޑިނައިޓަކީ ޢާންމުނަށް ޚާއްޞަކޮށްގެން ބުރުޒް ކޭޓަރިންނާއި ގުޅިގެން ކުރިއަށްގެންދާ ޑިނަރ ނައިޓް އެކެވެ.
މިގޮތުން މިނައިޓަށް ވަޑިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އަންކާރާ ބްރޭންޓްގެ ޕާސްތާގެ ތަފާތު ބާވަތްތައް ހިލޭ ކެއިން ބައްލަވައިގަތުމުގެ ފުރުޞަތާއި ކެއިންބައްލަވާ ކޮންމެ ބޭފުޅަކަށްވެސް އެސްޓީއޯ ސުޕަރމާޓްގެ ތަފާތު ބްރޭންޑްތަކުން ހަދިޔާއެއް ހޯދުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
ތުރުކީގެ ނަންބަރ ވަން ޕާސްތާ ބްރޭންޑް ”އަންކާރާ“ގެ ކުލެސިކް އާއި ވިޓަމިން ހިމެނޭ ތަފާތު ގިނަ ވައްތަރުގެ ފާސްތާ އެސްޓީއޯ ސުޕަރމާޓް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.
މި ޑިނަރ ނައިޓް ކުރިއަށްދާ އިރު މުނިފޫހިފިލުވުގެ ހަރާކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.