
އެމްޓިސީސީ އިން ގއ. ދާނދޫގައި ޢިޖްތިމާޢި ޙަރަކާތެއް
އެމް ޓި ސީ ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ސާފުކުރުމާއި، މަގުތައް އެއްވަރުކުރުމާއި، ރަށުގެ މަގުތަކުގައި ވިއްސާރަގެ ސަބަބުން ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް ކުރަމުން ދަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަ ކޮށްފިއެވެ.
އެމް ޓި ސީ ސީ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަހަލަ އެތަށް މަޝްރޫޢުތަކެއް ހިންގާފައެވެ އެގޮިތުން ނުކުލޭދުންތެރިކަން ހުންނަ ފަރާތްތަކަށް ޚަައްޞަ ކުރެވިގެން އާޓިފިޝަލް ބީޗުގައި ރޭމްްޕެއްވެސްވަނީ ހަދާފަ އެވެ. މީގެ އިތުރުން ލ. މުންޑޫގައި ސުނާމީގައި ހަލާކުވި ގެތަކާއި ގާތަށް ނަގައިދީ ސާފުކުރުން ފާހަގަ ކުރެވެއެވެ.