
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޯޗިން ކޯސް ނިންމާލައިފި.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރާމަސައްކަތުގެ ދަށުން ހޭންޑްބޯލް ކޯޗުން ތަމްރީނު ކުރުމަށް 02 ސެޕްޓްންބަރު 2021 ގައި ފެށި ކޯސް ނިންނާލައިފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް، ބ. ދަރވަންދދޫ ކައުންސިލް އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާ ގުޅިގެން ގެންދިޔަ ކޯހެކެވެ.
ބ.އަތޮޅުގެ6 ރަށަކުން 33 ބައިވެރިން، އަންހެން23 ބައިވެރިންނާއި 10 ފިރިހެން ބައިވެރިން ބައިވެރިވި މި ކޯސް ފުރިހަމަ ކޮށްފައިވަނީ 23 ބައިވެރިންނެވެ.
8 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިކޯހުގައި ކިވައިދެއްވީ އިބްރާހީމް ހައިޝަމް ޢަބްދުﷲ އާއި ޢަބްދުﷲ ސަމީރެވެ.