ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ނިމިއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން މިއަދު ނިމިއްޖެއެވެ.

މި މަހުގެ 6ން 10ށް ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މި ސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި، ޚާއްޞަ މަންދޫބުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލްގެ އިތުރުން މި ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ދގެ ކަމާގުޅޭ ޖަމުޢިއްޔާތަކާއި، ޞިއްޙީ މާހިރުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު Below Header ad

މި ސަރަޙައްދުގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު މި ބައްދަލުވުމުގައި، ބައިވެރިން ވަނީ ކޮވިޑް-19ގެ ޙާލަތުގައި ޞިއްޙީ ދާއިރާއިން ދެމުންގެންދާ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ޓަކައި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ޚާއްޞަ ޤަރާރެއްގައި ސޮއިކުރައްވައިފައެވެ. މި ޤަރާރުގެ ސަބަބުން ކޮވިޑް-19 ފަދަ އާލަމީވަބާގެ ޙާލަތްތަކުގައި ޞިއްޙީ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް މެންބަރު ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ދެމުންގެންދާ އެހީ މިހާރަށްވުރެ ފުޅާކުރެވިގެންދާނެއެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، މެއި 2022 ން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ ތަމްޞީލްކުރުމަށާއި، ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމެޓީގައި ހަމަ މިމުއްދަތުން ފެށިގެން މިސަރަޙައްދު ތަމްޞީލްކުރުމަށް ދިވެހިރާއްޖޭގެ ނަން މިސަރަޙައްދުގެ މެމްބަރު ޤައުމުތަކުންވަނީ ނޮމިނޭޓްކުރައްވާފައެވެ.

މީގެ އިތުރުން ވެސް މި ބައްދަލުވުމުގައި މި ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ގިނަ މަޢުޟޫތަކަށް މަޝްވަރާކޮށް، 75ވަނަ ވަރލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުމަށްޓަކައި ނިންމުންތަކެއް ވަނީ ނިންމައިފައެވެ. އެގޮތުން، 4 ރިޒޮލިއުޝަނާއި 5 ޑެސިޝަންސް ފައިނަލައިޒް ކުރެވިގެން ދިޔައެވެ. އޭގެ ތެރޭގައި، އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ފަދަ ބަލިތައް ފެތުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭންތަކާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، އެކަން ކޮންޓްރޯލްކުރުމަށް ޓަކައި ޤައުމުތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ޞިއްޙީ ދާއިރާއިން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވި ގޮންޖެހުންތަކާއި، އެ ކަންކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން މެންބަރު ޤައުމުތަކާ ޙިއްޞާކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.