އެމްބެސަޑަރ ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” ރާއްޖޭގައި ނުވިއްކަން އަންގައިފި

އެމްބެސަޑަރ ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” ރާއްޖޭގައި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ބުނީ “ލޯކަސްޓް ބީން ގަމް” ނަމަކަށް ކިޔާ އިންގްރީޑިއަންޓެއް “އެމްބެސަޑަރ” ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” އުފެއްދުމުގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ އިންގްރީޑިއަންޓް “އެތިލީން އޮކްސައިޑް” ކިޔާ ކެމިކަލް އަކުން ތަޣައްޔަރުވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އަންގާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާތީ، އެ އެލަރޓާއިގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެމްބެސަޑާ ބްރޭންޑްގެ “ވެޖިޓަބަލް ކްރީމް” އެތެރެނުކުރުމަށާއި އަދި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.