ޚަބަރު ފީތާ

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 1 ޖަހަންދެން ހުޅުވާފައި ބަހައްޓަން ހުއްދަ ދީފި

ފައިލް ފޮޓޯ

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 1 ޖަހަންދެން ހުޅުވާފައި ބަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން ރޭ ގެޒެޓު ކުރި އެންގުމުގައި ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހާ ތަންތަން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އާންމު ހާލަތުގެ ގަޑިތަކުގައި ޚިދުމަތް ދިނުމަށް ހުޅުވާލާނެ ކަމަށެވެ.

އާންމު ހާލަތުގެ ގަޑިތަކަކީ ފަތިހު 4:30 އިން ދަންވަރު 1:00ގައި ޚިދުމަތް ދިނުމެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޕާޓީތައް ބާއްވަން ހުއްދަ ދިން ނަމަވެސް 30 މީހުންނަށް ވުރެ އިތުރަށް އެއް ވަގުތެއްގައި މީހުން އެއްތަނަކަށް އެއްވެ ތިބުން އޮތީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އައު ނޯމަލް ހާލަތަށް އައިސްފައިވާތީ އެޗްޕީއޭ އިން ވަނީ ކޮވިޑުގެ ގައިޑްލައިންތަކާ އެއްގޮތަށް ހަފްލާތަކާއި ޕާޓީތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ނަމަވެސް އެގޮތަށް ހުޅުވާލާއިރު، މިމަހުގެ ނިޔަލަށް ވެކްސިން ޖެހޭ އުމުރުފުރައިގެ ދަރިވަރުންނާއި މުވައްޒަފުންގެ 95 އިންސައްތަ ވެކްސިން ފުރިހަމަ ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: