
އޮޕީސްތައް ހުޅުވުނަސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފި
އޮޕީސްތައް ހުޅުވުނަސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހާލަތު މިހާރު ނިއު- ނޯމަލް އަކަށް ދިއުމުން އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައި މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރާގޮތަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށެވެ.
އެހެންވެ، މި އޯގަސްޓު މަހުގެ 8 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ވެސް މުވައްޒަފުން ހާޒިރުވެގެން ޚިދުމަތް ދެމުންދާނެ އެވެ.
މީގެ އިތުރުން ސްކޫލުތަކާއި ކޮލެޖް ޔުނިވަރސިޓީތައް ވެސް ހުޅުވުމަށް ވަނީ ހުއްދަ ދީފަ އެވެ.