ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލުމުން އެމެރިކާއަށް ފުރާވަޑައިގެންފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އިޝްތިހާރު Below Header ad

ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލިކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލީ ވަގުތީ ގޮތުން މަސްދުވަހަށް ކަމަށެވެ.

ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ މިއަދު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފަ އެވެ.

ޕާސްޕޯޓު ހިފެހެއްޓިން ސުރެ ޖާބިރުގެ ފަރާތުން ތަފާތު ކަންކަން ފެނިފަ އެވެ. އެގޮތުން ޕާސްޕޯޓު ހިފެހެއްޓި ދުވަހު މަޖިލިސް ކުރާ ގޭކައިރީގައި އޮށޯވެގެން މުޒާހަރާ ކުރައްވާފަ އެވެ.

އަދި އިއްޔެ ވަނީ މއ. ކިނބިގަސްދޮށުގޭ ކައިރިއަށް ވަޑައިގެން ބޮޑު ބަޔާނެއް އިއްވަވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.