ކޮވިޑުގެ ހާލަތު ގޯސް އިންޑޮނީޝިއާގައި 600 އަށްވުރެ ގިނަ ޑޮކްޓަރުން ބަލީގައި މަރުވެއްޖެ
ކޮވިޑުގެ ހާލަތު އެންމެ ގޯސް އޭޝިއާގެ އެއް ގައުމު ކަމަށްވާ އިންޑޮނީޝިއާގައި600 އަށްވުރެ ގިނަ ޑޮކްޓަރުން ކޮވިޑު-19 ޖެހިގެން މަރުވެފައިވާ ކަމަށް އެ ގައުމުގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ބުނީ ޖުމްލަ640 ޑޮކްޓަރުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން347 ޑޮކްޓަރުންނަކީ އާންމު ބަލިތަކުގެ ޑޮކްޓަރުން ކަމަށާއި284 ޑޮކްޓަރުންނަކީ އެކި ބަލިތަކުގެ ސްޕެޝަލިސްޓުން ކަމަށް ބުނެ އެވެ.
މަރުވި ޑޮކްޓަރުންގެ ތެރެއިން83 ޕަސެންޓު މީހުންނަކީ ފިރިހެނުންނެވެ
އެންމެ ގިނަ ޑޮކްޓަރުން މަރުވީ މިދިޔަ ޖުލައި މަހު އެވެ. އެގޮތުން މިދިޔަ މަހު199 ޑޮކްޓަރަކު މަރުވެފައިވާ އިރު ހުރިހާ އެންމެންނަށްވެސް ޖެހިފައިވަނީ އިންޑޮނީޝިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް ޑެލްޓާ ވޭރިއަންޓެވެ.
މަރުވި ޑޮކްޓަރުންނަކީ އިރުމަތީ ޖާވާ އާއި މެދުތެރޭ ޖާވާގެ އިތުރުން ވެެރިރަށް ޖަކާޓާގައި މަސައްކަތް ކުރި މީހުންނެވެ.