ހިޔާ ފްލެޓުގައި ހުރި ގިނަ މައްސަލަތަކަކާ ގުޅޭ ގޮތުން ހިޔާ ޔޫނިއަން އިން އެޗްޑީސީ އާ ބައްދަލުކޮށް، މަޝްވަރާކޮށްފި

ހިޔާ ފްލެޓްތަކުގެ މޮޑިފިކޭޝަން ބަދަލު ތަކާއި އޭސީ ހަރުކުރުމަށް ހުރި ގޮންޖެހުންތާއި ކުނި މެނޭޖް ކުރުމުގައި ހުރި ދަތި ތަކާ ގުޅޭ ގޮތުން ހިޔާ ޔޫނިއަން އިން އެޗް.ޑީ.ސީ އާއި ބައްދަލުކޮށްފި އެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ފިނިޝިން ގައި ގެންނަންހުރި މޮޑިފިކޭޝަން ބަދަލުތަކާއި ފާރު ތޮރުފުން، ސީލިންގ ހަރު ކުރުން ފަދަ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އޭސީ ހަރުކުރުމުގައި ވައި ގޮޅީގައި އައުޓްޑޯ ޔުނިޓް ހަރުކުރުމުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި 17 އޮގަސްޓް އިން ފެށިގެން މީހުން ވަނުމުގެ ހުއްދަ ދިނުމުން އެއްޗެހި ގެންދިއުމުގެ އިންތިޒާމްތަކާއި ގުޅިގެން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.

ހިޔާ ޔޫނިއަން އިން ބުނީ ހުށަހަޅާފައިވާ ކަންކަމާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ހޯދުނު ހައްލުތައް ޔޫނިއަންއަށް އަނގާނޭކަމަށް އެޗް.ޑީ.ސީ އިން ބުނެފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އެޗް.ޑީ.ސީ ބިލްޑިންގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އެޗް.ޑީ.ސީ ގެ އިންޖިނޭރިންގ ޓީމުގެ ބޭފުޅުން ވަނީ ބައިވެރިވެ ފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.