ހިޔާ ފްލެޓްތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް އަރުވައިފި

ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރ ޢަލީ އާޒިމް އަށް އަރުވައިފި އެވެ.

މިއީ ހިޔާ ފްލެޓް ތަކުގެ ކުލި -/5600ރ އަށް ހައްދަވައި، އިންޓީރިއާ ފިނިޝިންގއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމަށާއި ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ -/100،000ރ މަޢާފް ކޮށްދެއްވުމަށް ދަންނަވައި ފްލެޓް ލިބުނު 2177 މީހުން ސޮއި ކޮށްފައިވާ ޕެޓިޝަނެކެވެ.

އިޝްތިހާރު Below Header ad

ހިޔާ ފްލެޓު ލިބުނު ފަރާތްތަލުގެ ފަރާތުން 01 ޖޫން 2021 ގައި ރަޢީސް އޮފީހަށް ހުށަހެޅުނު ޕެޓިޝަނާއި ގުޅިގެން، ހިޔާ ޔޫނިއަން އިން ވަނީ ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ އަދި އެޗް.ޑީ.ސީ އާއި އެކު ވަނީ މަޝްވަރާތައް ބާއްވާފަ އެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ފާއިތުވީ 02 މަސް ދުވަހު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ.

އެހެންވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރ ޢަލީ އާޒިމް ހަވާލުކުރީ ކަމަށް ހިޔާ ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ޔޫނިއަންގެ އެދުމަކީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅި ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ނިމި ހިޔާ ފްލެޓް ތަކުގެ ކުލި -/5600ރ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންގއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމެވެ. އަދި ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ވެގެން ދިއުމެވެ.

ރައްޔިތުންނާއި ގުޅިފައިވާ 25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލައަށް ޙައްލެއް ލިބުމަކީ ހިޔާ ޔޫނިއަންގެ އެދުމެވެ.

ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ޙާޞިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.