ޚަބަރު ފީތާ

ވެކްސިން 2 ޑޯޒު ޖެއްސެވިފަހުން ހޯމް މިނިސްޓަރ ޢިމްރާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ވެކްސިން 2 ޑޯޒު ޖެއްސެވިފަހުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ޢިމްރާން ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، އާލާސްކަންފުޅައި އުޅުއްވާތީ  މި ޖުލައި މަހުގެ 28 ގައި ކޮވިޑަށް ޓެސްޓްކުރެއްވުމުން އިއްޔެ އެވެ.

ބަލީގެ އަލާމަތްތައް ހުންނެވުމުން ރޭވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވިކަމަަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އެބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކުރައްވާފައި ވަނިކޮށްނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް ފަޒުނާ އަހްމަދު ވެސް ވަނީ މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

Like
Like Love Haha Wow Sad Angry