ތުރުކީގެ އައްސޭރިފަށުގެ ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަނީ، މިހާތަނަށް ހަތަރު މީހުން މަރުވެއްޖެ

ތުރުކީގެ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދާއި ގުޅޭ އައްސޭރި ފަށުގެ ޖަންގަލިތަކާއި މީހުން ދިރިއުޅޭ އަވަށް ތަކުގައި ރޯވެފައިވާ އަލިފާން ގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ތުރުކީގެ އެގްރިކަލްޗާ މިނިސްޓަރު އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ވިދާޅުވީ ރޯވެ މުޅި ސަރަހައްދަށް ފެތުރެމުންދާ އަލިފާން ގަނޑު ކޮންޓްރޯލް ކުރަން ދުވަސްތަކެއް ނަގާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވެ އެވެ. އަދި އެތައް ސަތޭކަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފިހުމާއި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާ ދެމުންނެވެ.

އަލިފާން ރޯވަމުންދާ ސަރަހައްދަކީ ޓޫރިސްޓުގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. އަލިފާނުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އެ ސަރަހައްދުގެ ރިސޯޓުތަކާއި ހޮޓާތައް ހުސްކޮށް ޓޫރިސްޓުން ސަރަހައްދު ދޫކޮށް ދާން އަންގަމުންދާއިރު އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އަވަށްތަކުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައި އެވެ.

ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ރޯވެފައިވާ އަލިފާން ގަނޑު ޖަންގަލީގެ 60 ސަރަހައްދަކަށް ފެތުރިފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 4،000 އޭކަރުގެ ސަރަހައްދެކެވެ.

މި އަލިފާން ރޯވާން ޖެހުނު ސަބަބައެއް އަދި ނޭނގެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.