ކޮވިޑުގެ އަސްލު ހޯދަން ޑަބްލިއުއެޗްއޯއިން ދެން ދާންވީ އެމެރިކާއަށް ކަމަށް ޗައިނާއިން ބުނެފި

ކޮވިޑް-19 އުފެދުނުގެ ގޮތުގެ އަސްލު ހޯދަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ދާންވީ ޗައިނާއަށް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޗައިނާއަށްވުރެ ބޮޑަށް އެކަން ހޯދާނޭނީ އެމެރިކާގެ އަސްކަރީ ބޭސް ފޯޓް ޑެޓްރިކަށް ގޮސްގެން ކަމަށެވެ. އޭނާގެ ބަޔާނުގައި ވިދާޅުވީ ކޮވިޑު ފުރަތަމަ ފެނުނު ވޫހާން ސިޓީން ޑަބްލިއުއެޗްއޯ ބޭނުންވާ ހުރިހާ ލެބޯޓްރީއެއްގައި އިންވެސްޓިކޭޝަން ޖެއްސިއްޖެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެނާ ވިދާޅުވީ ދިރާސާގެ ފުރަތަމަ ބުރު ނިންމައި ވައިރަސް ލީކުވެފައިވަނީ ލެބޯޓްރީން ކަމަށް ބުނެފައިވާއިރު އެ ވައިރަސް ލީކުވި ލެބެއް ޗައިނާގައި ނެތް ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގެ ދިރާސާތައް ހަދަން ޑަބްލިއުއެޗްއޯއިން ދާންޖެހޭނީ އެމެރިކާގެ ފޯޓް ޑެޓްރިކްގެ ލެބުތަކަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވެފައިވަނީ ކޮވިޑުގެ ކަންތަކުގައި އެމެރިކާވެސް އެހެން ގައުމުތަކުގެ ބޮލުގައި ކަންކަން އެޅުމުގެ ބަދަލުގައި ހާމަކަން ބޮޑު ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ވީހާވެސް އަވަހަކަށް ޗައިނާ އެކޭ އެއްގޮތަށް އެމެރިކާގެ ލެބުތައްވެސް ޑަބްލިއުއެޗްއޯއަށް ހުޅުވާލުމަށް ގޮވާލައްވާފައިވެ އެވެ.

ޗައިނާގެ ސީދާ ހަމަލާއެއް ކޮވިޑު މައްސަލައިގަ އަނެއްކާވެސް އެމެރިކާއަށް އަމާޒުކޮށްފައިވާއިރު އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕަކީ ކޮވިޑު ފުރަތަމަ ފެތުރިގެން އައި އިރު ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެމެރިކާގެ ކޮވިޑުގެ ހާލަތުގެ ގޯސްވެ އެންމެ ނުރައްކާތެރި ފައްތަރަށް ދިޔައީ އެބަލި ޖެހޭނީ ޗައިނާ މީހުންނަށް ކަމަށާއި އެމެރިކާ ހާސްވާން ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނި ކޮށެވެ.

ދެވަނަ ބުރުގެ ދިރާސާތައް ކުރުމަށް ޑަބްލިއުއެޗްއޯއިން ޗައިނާއަށް ދާން ބުނުމުން ޗައިނާއިން ވަނީ އެ ޖަމާއަތުގެ ޓީމު އެ ގައުމަށް އެރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.