އަފްގާން ސިފައިންނާއި ތޯލިބާނުންގެ ހަނގުރާމައިގަ ކަންދަހާރުގެ 11،000 އާއިލާ ރެފިއުޖީންނަށް

އަފްގާނިސްތާނުގައި އެގައުމުގެ ސަރުކާރާއި ތޯލިބާނުންނާއި ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެތައް ހާސް ބަޔަކު ރެފިއުޖީންނަށް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެންމެ ބޮޑަށް ހަމަނުޖެހުން ހިންގަމުން ދަނީ އަފްގާނިސްތާނަށް މުހިންމު ޕްރޮވިންސެއް ކަމަށްވާ ޕާކިސްތާން ބޯޑަރު ގުޅޭ ކަންދަހާރު ޕްރޮވިންސްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ޕްރޮވިންސްގައި ހަމަލާތައް ބަދަލު ކުރަމުންދާ ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ 11،000 އަށްވުރެ ގިނަ އާއިލާތައް ވަނީ ދިރިއުޅުނު ގެދޮރު ދޫކޮށް ގޮސްފައި އެވެ.

އިޝްތިހާރު Below Header ad

އަފްގާން ސަރުކާރުން ވަނީ އެމީހުންނަށް ހާއްސަކޮށް ރެފިއުޖީ ކޭމްޕުތަކެއް ހަދާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެ މީހުންނަކީ މިދިޔަ15 ވަރަކަށް ދުވަސް ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތައް ދޫކޮށް ދިޔަ މީހުންނެވެ.

އަފްގާން ސަރުކާރުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ސިއްހީ ފަރުވާ ހިލޭ ފޯރުކޮށްދެމުންނެވެ. މީގެ ތެރެއިން ބައިން އާއިލާތަކުން ވަނީ ރެފިއުޖީ ކޭމްޕާއި ހިސާބަށް އެ އާއިލާތައް ފޯރާފައިވަނީ ދެފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން އެ މީހުންނަށް ކާއެއްޗެއް ނުލިބޭތާ ތިން ދުވަސް ފަހުން ކަމަށެވެ.

އެމެރިކާ ސިފައިން އެގައުމުން ފައިބަން ފެށުމާއި އެކު ތޯލިބާނުން ވަނީ އަފްގާންގެ ބިންތައް އެމީހުންގެ ބާރުގެ ދަށަށް ގެންދަމުންނެވެ. އެގޮތުން މިހާރު 85 ޕަސެންޓަށްވުރެ ބޮޑު ސަރަހައްދެއް ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުންގެ މިހާރުގެ އަމާޒު ހުރީ ވެރިރަށް ކާބުލް އާއި ތަރައްގީވެފައިވާ ސިޓީތަކާއި ޕްރޮވިންސްތަކަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއި އެކު 10،000 އަށްވުރެ ގިނަ ތޯލިބާން ޖަމާއަތުގެ މީހުން ވަނީ ޕާކިސްތާނު ބޯޑަރު ސަރަހައްދުން އަފްގާނިސްތާނަށް ވަދެ އެގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަން ފަށާފައި އެވެ.

މި ހަނގުރާމައިގަ ބައިވެރިވެ އެމެރިކާ ސިފައިން މިހާރު ވަނީ ތާލިބާނުންނާއި ދެކޮޅަށް ވައިގެން މަގުން ހަމަލާދޭން ފަށާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.