ޚަބަރު ފީތާ

އީދު ބަންދަށްފަހު ސިނޯފާމް ވެކްސިންގެ 2 ވަނަ ޑޯޒު މިއަދު ޖަހަން ފަށަނީ!

އީދު ބަންދަށްފަހު ސިނޯފާމް ވެކްސިންގެ 2 ވަނަ ޑޯޒު މިއަދު ޖަހަން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަމައެކަނި ސެނެހިޔާއިން ކަމަށެވެ. އަދި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން 11:00 އަށް ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ވަނީ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި އިތުރު 300،000 ޑޯޒް ހަދިޔާ ކުރުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުންދަނީ ސިނޯފާމް، އެސްޓްރަޒެނެކާ އާއި ފައިޒާ ވެކްސިނެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: