
މިއަދަކީ އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފަހު ދުވަސް!
އުރީދޫގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ދުވުން “އުރީދޫ އަތޮޅު ރަން” ގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓަރވުމަށް ޕޯޓަލް: https://atholhudhuvun.mv/ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.
މި ދުވުމަކީ ޢާއިލާ އާއި ރައްޓެހި، ރަހުމަތްތެރިންނާއެކު ގައިދުރުކަމާއެކު ދުވެ، އުފާވެރި، މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގުސަދުގައި އުރީދޫ އިން ބާއްވާ ދުވުމެކެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން އުރީދޫ އަތޮޅު ދުވުމުގެ ފުރަތަމަ ބޮޅު މިދިޔަ އަހަރު ބާއްވާފައިވަނީ ހަމައެކަނި 5 ކިލޯމީޓަރުގެ ދުވުމުން ނެެވެ. ނަމަވެސް މިއަހަރު ވަނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން ހިމަނާފަ އެވެ.
ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.
ފައިބެއަހަރުގެ ދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.