ޚަބަރު ފީތާ

ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކުގައި ރީ-ރަޖިސްޓްރޭޝަންއަށް އޮންލައިންކޮށް ހުޅުވާލަން އީސީން ވިސްނަނީ!

ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކުގައި ވެސް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވިސްނާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބުގައި ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގައި ރީރަޖިސްޓްރީ ވުމަށް ހުޅުވާލުމުން ލިބުނު ތަރުހީބަށް ބަލާފަ އެވެ.

އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 30 ފޯމު ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެއީ އއ. ފެރިދޫއިން 27 ފޯމް އަދި ނ. މަގޫދޫ އިން 3 ފޯމު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ ހދ. ނޮޅިވަރަން، ނ. ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއިންތިޚާބުގެ ތަޖުރިބާ ވެގެންދާނީ މިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށް ކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެ މެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބުވެފަ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ 3 މެމްބަރުން ނެވެ.

ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުން ނެވެ.

ރީ-ރަޖިސްޓްރީއަށްފަހު އިލެކްޝަނުން ވޯޓަރސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އަދި ހުޅުވާލާނެ އެވެ.

މިއީ އިލެކްޝަން ކޮމިޝަނުން އޮންލައިންކޮށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

Like
Like Love Haha Wow Sad Angry