
އެމްޑަބްލިއުއެސްސީން އައިޖީއެމްއެޗަށް ވީލްޗެއަރ ހަދިޔާކޮށްފި
އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން އައި.ޖީ.އެމް.އެޗަށް 5 ޕޭޝަންޓުން ޓްރާންސްފަރ ކުރުމަށް ޚާއްޞަކޮށްފައިވާ ޓްރާންސްފާރ ވީލް ޗެއާރ ހަދިޔާކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހަދިޔާ ކުރެވިގެންދާ ވީލް ޗެއަރގެ ރަމްޒީ ލިޔުން ޙަވާލުކޮށްފައިވަނީ މިއަދު އައި.ޖީ.އެމް.އެޗް އޯކިޑް މާލަމުގައި އޮތް ރަސްމިއްޔާތެއްގައެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މި ލިޔުން ޙަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދްއެވެ . އައި.ޖީ.އެމް.އެޗްގެ ފަރާތުން މި ލިޔުމާއި ޙަވާލުވެވަޑައިގަތީ އައި.ޖީ.އެމް.އެޗް ގެ ސީ.އީ.އޯ ރިޓެއަރޑް ބްރިގޭޑިއަރ ޖެނެރަލް ފަރްހަތް ޝަހީރްއެވެ.
މި ހަދިޔާ ކުރެވިގެންދިޔަ ވީލް ޗެއަރގެ ސަބަބުން ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންގޮސް ހެދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އައިޖީއެމްއެޗަށް އެމްޑަބްލިއުއެސްސީން މި ހަދިޔާކުރި 5 ވީލް ޗެއަރގެ އަގަކީ 1000،000 ދިވެހި ރުފިޔާއެވެ.