
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގައި ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރަށްތައް ދުރުގައި ހުރުން!
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގައި ދިމާވެފައިވާ މައިގަނޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން ވިދާޅުވީ މިކަން މިގޮތަށް އޮތްނަމަވެސް މި ސަރުކާރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ”ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް“ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ސަރުކާރުގެ އަމާޒަކީ، މި 2021 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމެވެ.
އެކަށީގެންވާ ފެނާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ރަށްރަށުގެ ފެންފަށަލަ ތަޣައްޔަރުވުމާއި ފެން ލޮނުވުންފަދަ މައްސަލަތަކަކީ ގިނަ ރަށްތަކުގައި ޒަމާނުއްސުރެ ދިމާވަމުންދާ ކަންތައްތަކެކެވެ.
މިގޮތުން އާބާދީ ތޮއްޖެހިފައިވާ ގިނަ ރަށްރަށަކީ މިހާރު ފެންފަށަލަ ތަޣައްޔަރުވުމުގެ ސަބަބުން ބިމުން ނަގާފެން ކެއިންބުއިމަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ހާލަތުގައި ހުރި ރަށްރަށެއް ނޫނެވެ.
މިފަދަ ރަށްތަކުގައި ބޭރަށް ހިންގުން ފަދަ ބަލިތަކުގެ ބިރުވެރިކަން އަބަދުވެސް އޮވެއެވެ. އަދި މިކަމުގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް ފެން ބޭނުން ކުރުމުގައި ކްލޮރިންފަދަ ކެމިކަލްތައް ބޭނުންކުރަން ޖެހެއެވެ.
ހަމައެއާއިއެކު، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވަމުން އަންނައިރުވެސް އެންމެބޮޑު އެއްދަތިކަމަށް ފާހަގަ ވަމުންދަނީ ގިނަ ރަށްރަށުގައި އެކަށީގެންވާ ފެނާ ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުގެ ދަތިކަމެވެ.
| Type | Ongoing | Contract signed | Awarded | Pre- tendering stage | Tender Stage |
| Water | 12 | 27 | – | 1 | 6 |
| Sewerage | 1 | 5 | – | – | |
| Water and Sewerage | 41 | 32 | 2 | 14 | |
| TOTAL | 54 | 64 | 2 | 1 | 20 |
| ONGOING ISLANDS | PROJECT SCOPE |
| Sh. Foakaidhoo | S |
| Sh. Feevah | W |
| Ha. Muraidho | W |
| N. Henbadhoo | W |
| R. Innamaadhoo | W |
| AA. Mathiveri | W |
| N. Holhudhoo | W |
| H.dh Nolhivaram | W |
| R. Alifushi | W |
| Sh. Kanditheem | W |
| L. Maavah | W |
| H.dh Naivaadhoo | W |
| A.dh Hanyaameedhoo | W |
| Sh.Goidhoo | W&S |
| Ha. Maarandhoo | W&S |
| Ha. Thakandhoo | W&S |
| Ha. Vashafaru | W&S |
| Hdh. Hirimaradhoo | W&S |
| Hdh. Kumundhoo | W&S |
| N. Fohdhoo | W&S |
| N. Maafaru | W&S |
| R. Fainu | W&S |
| AA. Feridhoo | W&S |
| AA. Himandhoo | W&S |
| A.Dh. Kunburudhoo | W&S |
| B. Kamadhoo | W&S |
| B. Maalhos | W&S |
| Lh. Olhuvelifushi | W&S |
| GA. Kanduhulhudhoo | W&S |
| HA. Uligham | W&S |
| N. Kendhikulhudhoo | W&S |
| Tha. Kinbidhoo | W&S |
| Sh. Maroshi | W&S |
| Sh. Narudhoo | W&S |
| Sh. Maaungoodhoo | W&S |
| N. Lhohi | W&S |
| R. Rasgatheem | W&S |
| B. Hithaadhoo | W&S |
| Tha. Vandhoo | W&S |
| Tha. Kandoodhoo | W&S |
| Sh. Komandoo | W&S |
| R. Vaadhoo | W&S |
| N. Maalhendhoo | W&S |
| N. Kudafari | W&S |
| B. Goidhoo | W&S |
| R. Kinolhas | W&S |
| Tha. Gaadhiffushi | W&S |
| R. Inguraidhoo | W&S |
| F. Magoodhoo | W&S |
| K. Gulhi | W&S |
| HA. Filladhoo | W&S |
| HDH. Finey | W&S |
| H.DH Kurinbi | W&S |
| R. Angolhitheem | W&S |




Dhen Kaley gulhaaalanvynu huriha rasheh