ވަރލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެ 10 ކެޑަގަރީއަކުން ނޮމިނޭޓް ވެއްޖެ

ވަރލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެ 10 ކެޑަގަރީއަކުން ނޮމިނޭޓް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 28 ވަނަ “ވަރލްޑް ޓްރެވަލް އެވޯޑް” އިން ވަނީ ދިވެހިރާއްޖެ “އިންޑިއަން އޯޝަން” ކެޓަގަރީގެ 10 ދާއިރާއަކުން އެވޯޑަށް ނޮމިނޭޓް ވެފައި ކަމަށެވެ.

އިޝްތިހާރު Below Header ad

ވަރލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ވެސް ނޮމިނޭޓްވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އަދި ވަރލްޑް ކްރޫސް އެވޯޑްސްއަކީ ވަރލްޑް ޓްރެވެލް އެވޯޑްސްގެ ދަށުން ދުނިޔޭގެ ކްރޫސް ދާއިރާގައި ފާހަގަ ކުރެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މުޅި ދުނިޔޭގައި ޓްރެވަލް، ޓްރޭޑް އެންޑް ޓޫރިޒަމް އިންޑަސްޓްރީގައި ފާހަގަކުރެވޭ މަންޒިލްތަކަށް ދޭ އެވޯޑެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ، އަދި ތިންވަނައިގައި އޮތީ ޖަރުމަނެވެ.

އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓަގަރީ ތަކަކީ:

  1. އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021
  2. އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021
  3. އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021
  4. އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021
  5. އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021
  6. އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021
  7. އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021
  8. އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021: މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް
  9. އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021
  10. އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.