މިރޭ 11 އިން ފަތިހު 4 އަށް މާފަންނުގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ!
މިރޭ 11 އިން ފަތިހު 4 އަށް މާފަންނުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް ކަނޑާލާނީ މާލޭ ސިޓީ ކައުންސިލުގެ ”ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް“ގެ ދަށުން މަސައްކަތެއް ކުރުމަށް ކަމަށެވެ.
އެގޮތުން މިހާރު މަސައްކަތް ކުރަމުންދާ ފްލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
”ހަނދުވަރީ ހިނގުމާއި ކާރނޭޝަން މަގާއި ދެމެދުން ފްލޫނިއާ މަގުގައި ހިމެނޭ ހުރިހައި ގޭބިސީއަކުން މިރޭ 23:00 އިން ފަތިހު 4:00 އަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެ.“ އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފަ އެވެ.
Due to a water network upgrading work in Male’, there will be a service interruption from 23:00Hrs (22nd July 2021) to 04:00Hrs (23rd July 2021), in the marked area.
We apologize for the inconvenience caused. pic.twitter.com/ug0Xwb1fPt
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) July 22, 2021