ޚަބަރު ފީތާ

ކަސްޓަމްސް ޕްރޮސީޖަރތަކުގައި ހޭދަވާ ވަގުތު ކުޑަކޮށް، ޚިދުމަތް އަވަސް ކުރުމަށް އިންޑިއާ އާއެކު ކަސްޓަމްސް އިން ސޮއި ކޮށްފި

ކަސްޓަމްސް ޕްރޮސީޖަރތަކުގައި ހޭދަވާ ވަގުތު ކުޑަކޮށް، ޚިދުމަތް އަވަސް ކުރުމަށް ކަސްޓަމްސް އިން އިންޑިއާ އެކު ސޮއި ކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ “އެކްސްޗޭންޖް އޮފް ޕްރީ-އެރައިވަލް އިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް” އާ ގުޅޭ އެމްއޯޔޫ ގައި ސޮއި ކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި މި އެއްއޯޔޫގައި ސޮއިކުރައްވާފައިވަނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ޗެއަރމަން، އަޖިތު ކުމާރު އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ކަމަށެވެ.

މިކަމާއިގުޅިގެން އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެމްއޯޔޫ ގެ ދަށުން އެކްސްޕޯޓްގެ ވަގުތު ސަބްމިޓް ކުރެވޭ ކަސްޓަމްސް ޑޮކިއުމެންޓްތަކުގައިވާ މައުލޫމާތު މުދާ، ޕޯޓާއިހަމައަށް އައުމުގެ ކުރިން ބަދަލު ކުރެވޭނެ ފްރޭމްވޯކެއް ފޯރުކޮށްދެވޭނެ ކަމަށެެވެ. އަދި އޭގެ ސަބަބުން ކަސްޓަމްސް ޕްރޮސީޖަރތަކުގައި ހޭދަވާ ވަގުތު ކުޑަ ކުރެވި، މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް މެތަޑްތަކާއި ފޯމުތައް އޮޕްޓިމައިޒް ކުރެވޭނެ ކަމަށެވެ.

ޑޭޓާ އެކްސްޗޭންޖް ކުރުމުގައި ދެފަރާތުގެ ކޯޕަރޭޝަން އިތުރުވުމުގެ ސަބަބުން ދެ ފަރާތުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން މަރުހަލާތަކުގެ އެފިޝެންސީ އިތުރުވެ، ވިޔަފާރި ކުރުމަށް އިތުރަށް މަގުފަހިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި އެމްއޯޔޫ ގެ ދަށުން ސަޕްލައި ޗެއިން އަދި ރެވެނިއު ކަލެކްޝަންގެ ސެކިއުރިޓީ ވަރުގަދަ ވުން ފަދަ އެތައް ފައިދާތަކެއް ވެސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށްބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއިޙަވާލުވެވަޑައިގެން، ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް އިތުރަށް ހަރުދަނާ ކުރުމަށް ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ނެވެ.

އެގޮތުން ސެޕްޓެމްބަރު 2020 ގައި އިންޑިއާ އާއި ރާއްޖޭގެ މެދުގައި ގާއިމް ކުރި އިންޑިއާ-މޯލްޑިވްސް ޑައިރެކްޓް ކާގޯ ވެސަލް ސަރވިސްގެ ސަބަބުން ދެގައުމުގެ ބައިލެޓަރަލް ޓްރޭޑް ޕާޓްނަރޝިޕްއަށް އަންނަނީ ކުރިއެރުން ލިބެމުން ނެވެ.

މިދިޔަ ޖަނަވަރީ އާއި ޖޫން މަހުގެ ދެމެދުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކޮށްފައިވާ އެކްސްޕޯޓްތަކުގެ އަދަދު ވެސް ފާއިތުވި އަހަރުތަކާއި އަޅާބަލާ އިރު، ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އަދި ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން ދާދި ފަހުން އިންޑިއާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދޭ ނުވަ ޒަރޫރީ ބާވަތުގެ ކޯޓާ އިތުރުކޮށް، އާކޮށްދީފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: