މިނިވަން ޗެމްޕިއަންޝިޕް: ފޭދޫ އާއި ކުޑަހުވަދޫ ސެމީފައިނަލަށް.

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިޔައްގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ސ.ފޭދޫ އާއި ދ.ކުޑަހުވަދޫ ދަތުރުކޮށްފިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގްރޫޕް އެކެއްގައި ހިމެނޭ ސ.ފޭދޫ އާއި ދ.ކުޑަހުވަދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު 6 ޕޮއިންޓާއެކީގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދެޓީމުވެސް ސެމީފައިނަލަުން ޖާގަ ކަށަވަރުކުރީ ކޮންމެ ޓީމަކަށްވެސް އަދި ބާކީ އެއްމެޗު އިތުރަށް އޮއްވައެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އދ.މަހިބަދޫ އަދި ގދ.ދެއްވަދޫއަކަށް ވެސް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި ދެޓީމު ވަނީ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސ.ފޭދޫ މުބާރާތުގެ ސެމީއަށް ދަތުރުކުރީ މިއަދު އދ.މަހިބަދޫ އާއި ބައްދަލުކުރި މެޗުން 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ފޭދޫ ޓީމުން ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އަނި މި މެޗުގައި މޮޅުކުޅުމެއް ދެއްކި އިބްރާހިމް މަހުދީ (އިއްބެ) އެވެ. އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ތޮލާލްއެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުން އިއްޔެ ކުޑަހުވަދޫ މޮޅުވެފައިވަނީ ދެއްވަދޫ އާއި ބައްދަލުކޮށް 2-4 ގެ ނަތީޖާއިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.