ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި ވަރކް ޕަރމިޓް ހޯލްޑަރުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވާ އިރު ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އިޢުލާބެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ވެސް ކަރަންޓީނުވާން ނުޖެހޭނެ ކަަމަށް ވަނީ ބުނެފަ އެވެ. 

އިޝްތިހާރު Heyobas Ruqya Course Ad square

ހަމަމިއާއެކު އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ ނޫން މީހުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށާއި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު އޮންނަން ޖެހޭ އިރު، ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލުން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.