ޚަބަރު ފީތާ

ހަފުތާއަކު 2 ފްލައިޓާއެކު އެއަރ އިންޑިއާ އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަނީ!

ހަފުތާއަކު 2 ފްލައިޓާއެކު އެއަރ އިންޑިއާ އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއަރލައިނުން ނިންމާފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން މުމްބާއީއާ ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށެވެ. އަދި ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު ފްލައިޓު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެ ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމުން ނެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވެ، ލުއިތައް ދިނުމާ އެކު އެއަރ އިންޑިއާއިން ރާއްޖެއާ ދެމެދު ދަތުރު ކުރަން މިވަނީ ނިންމާފަ އެވެ.

ރާއްޖޭގައި މި ފަހުން ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އައި އެއްގައުމަކީ ވެސް އިންޑިއާ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ހަފުތާއަކު 2 ފްލައިޓާއެކު އެއަރ އިންޑިއާ އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަނީ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.