ރައީސް ނަޝީދަކީ ވެރިކަމާ ހެދިގެން އުޅުއްވާ ބޭފުޅެއް: ޝަރީފް
ރައީސް ނަޝީދަކީ ވެރިކަމާ ހެދިގެން އުޅުއްވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރު ޝަރީފް ވިދާޅުވީ ރައީސް ސޯލިހަކީ މަޑުމައިތިރި ބޭފުޅެއް ކަމަށާއި ރައީސް ނަޝީދަކީ ވެރިކަމާ ހެދިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ.
ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން އަންނަ މި ދަނޑިވަޅުގައި ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ “މާލަސް ނުވަނީސް ދިވެހިން އަތުކުރި އޮޅާލާ ނިކުންނަންވީ ސިޔާސީ އަނދަވަޅަކަށް ގައުމު ވެއްޓުމުގެ ކުރިން ގައުމު ސަލާމަތް ކުރަން” ކަމަށެވެ. އަދި “އަޅުގަނޑުމެން ދެނެގަންނަން ޖެހޭ އެބަ ގައުމަށް ބޭނުންވާ ކަންކަން ވަކި މީހަކަށް ބޭނުންވާ ކަންކަމަށްވުރެ ބޮޑުކަން،” ކަމަށެވެ.
ރާއްޖެ ސިޔާސީ އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ދިވެހިން އަތުކުރި އޮޅާލައި ގައުމު ސަލާމަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
Only nations that are resilient enough n lead by wise,patient n caring leaders can save their country from grave threats,n tremendous upheaval n a take steps necessary on the path of recovery,growth n prosperity @MohamedNasheed @ibusolih @qasimibrahim
— Ibrahim Shareef (@AdduShareef) July 19, 2021